އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީ.އޯ.ކިއު ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

އެކޮމަޑޭޝަން ބްލޮކު ކުރަހައިދޭނެ ފަރާތެއް ހޯދުން:

އއ. ރަސްދޫގައި އެޅުމަށް ނިންމާފައިވާ އެކޮމަޑޭޝަން ބްލޮކުގެ ކުރެހުންތަކާއި ބީ.އޯ.ކިއު މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 26 ވަނަ ދުވަހުގެ 12:20 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 08 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ.ކާޑު ހުށަހަޅަންޖެހޭނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކުން އެކަން ބަޔާންކޮށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެއް ނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިއެއްގެ ނަމުގައިކަމަށްވާނަމަ އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

17 އޭޕްރިލް 2016
ހޯދާ