އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އެންދުމަށް ބޭނުންކުރާނެ އަށިގަނޑެއް ވެލްޑިންގ ކޮށްގެން ހަދައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރަސްދޫ ކުޑަކުދިންގެ ޕާކުގެ ގޭޓާއި ކުނިއަންދާ އަށިގަނޑެއް ވެލްޑިންގ ކޮށްގެން ހެދުން:

މި ރަށުގެ ކުޑަކުދިން ޕާކުގެ މައިގޭޓުގެ ދޮރުފަތްތަކާއި ކުނިކޮށީގައި ކުނި އެންދުމަށް ބޭނުންކުރާނެ އަށިގަނޑެއް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ވެލްޑިންގ ކޮށްގެން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރަންޖެހޭނީ އަމިއްލަތަކެތީގައެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 26 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 02 ވަނަ ދުވަހުގެ 12:00 އަށް މި ކައުންސިލަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުން އައި.ޑީ ކާޑު ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރަން ބަދަލުގައި އަންނަ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ. މަޢުލޫމާތު ސާފުކުރަނީ ކުންފުންޏަކުންނަމަ ނުވަތަ ވިޔަފާރިއެއްގެ ނަމުގައި ކަމަށްވާނަމަ އެ ތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހުށަހަޅަންޖެހޭނެއެވެ.

17 އޭޕްރިލް 2016
ހޯދާ