މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ހިންމަފުށީ ކައުންސިލްގެ އިދާރާ

އޮފީސް / އިދާރާ:

ކޯޕަރޭޓިވް އެފެއާޒް

ސެކްޝަން:

ހިންމަފުށީ ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަހަކު -/4،465 ރުފިޔާ

މުސާރަ:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ''ޑީ'' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ''ދިވެހި'' މި މާއްދާއިން ދަށްވެގެން ''ސީ'' ގްރޭޑް ލިބިފައިވުން.

މަގާމުގެ ޝަރުޠުތައް:

 

1- ކައުންސިލް އިދާރާއާއި، ކައުންސިލްގެ އެންމެހައި ތަކެތީގެ ހަރުމުދަލުގެ ރަޖިސްޓްރީ (އިންވެންޓްރީ) ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.

2- ކައުންސިލް އިދާރާގެ ސްޓޮކް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.

3- ރައްޔިތުންގެ މުދަލުގެ އިންވެންޓްރީ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.

4- ހަލާކުވެގެން ނުވަތަ ނައްތައިލެވޭ މުދަލުގެ ލިސްޓްނެގުމާއި، އިންވެންޓްރީ ގަވާއިދާ އެއްގޮތަށް އެ ތަކެތި ބަލަހައްޓަމުންގެންދިއުން.

5- ސްޓޮކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމުގެގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.

6- އެކިއެކި މުނާސަބަތު ފާހަގަކުރުމަށްޓަކައި ހޯދަންޖެހޭ ތަކެތި ހޯދައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7- އޮފީހުގައި ބޭއްވޭ އެކިއެކި މީޓިންގތަކަށް ބޭނުންވާ ތަކެތި ހޯދުމާއި، އެކަމާބެހޭ މަސައްކަތްތައް ކުރުން.

8- ސެކްޝަނަށް ލިބޭ ސިޓީ މެސެޖު ފަދަ ލިއުންތަކަށް، ސެކްޝަނުގެ ވެރިޔާގެ މަޝްވަރާގެމަތިން ޖަވާބުދިނުމާއި، އެތަކެތި ފައިލްކޮށް ބެލެހެއްޓުން.

9- މީގެ އިތުރުންވެސް، ކައުންސިލުން ކަނޑައަޅާ އިދާރާގެ މަސައްކަތްތަކާއި، ޒިންމާދާރުވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން

10- އިންޞާފްވެރިކަމާއި ތެދުވެރިކަމާއެކު ވަކިފަރާތަކަށްނުޖެހި ސިޔާސީ އެންމެހައި ނުފޫޒްތަކުން އެއްކިބާވެހުރެ، މަތީގައިވާ މަސައްކަތްތައް، ކަނޑައެޅޭ މުއްދަތުގައި ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

(ހ) ތަޢުލީމާއި ތަމްރީން.

(ށ) މަސައްކަތުގެ ތަޖުރިބާ.

(ނ) މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(ހ) މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަވިއުކުރުން އޮންނާނީ، ކ. ހިންމަފުށީ ކައުންސިލް އިދާރާގައެވެ.

(ށ) އިންޓަވިއު ކުރުން އޮންނާނެ ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރުމަށްފަހު، 2016 އެޕްރީލް 26 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ހިންމަފުށީ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ސަރުކާރު މުވައްޒަފުންގެ ހެލްތު އިންސްއަރެންސް ސްކީމްގެދަށުން ބޭސްފަރުވާ ހަމަޖައްސަވައިދެވޭނެއެވެ. އަދި ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ ގަވާއިދުގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ.)
  2.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެހާއެކު)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ ކޮޕީއެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް  ގުޅާނީ، 6642024 ނަންބަރު ފޯނާއެވެ. ގުޅާނީ،  ސަރުކާރުގެ ރަސްމީގަޑީގައެވެ. ފެކްސް ނަންބަރަކީ، 6642024 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.

އިތުރު މަޢުލޫމާތު:

7 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ