މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޯންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ކައުންސިލް އިދާރާގެ އެއަރކޯންތައް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލް އިދާރާގައި ބެހެއްޓިފައިވާ 3 އެއަރކޯން ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 03 ފަހަރުގެ މަތިން އިޢުލާނު ކުރުމުންވެސް ތަފާތު ސަބަބުތަކާހެދި އެމަސައްކަތް ކުރެވޭގޮތްވަނީ ނުވެފައެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

އަދި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މޭ 2016 ވާ (ބުރާސްފަތި) ދުވަހުގެ 10:00 ގައި މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރައްވައި 12 މޭ 2016 ވާ (ބުރާސްފަތި) ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ނަންބަރު 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- މަސައްކަތުގެ އަގު (60 އިންސައްތަ)

2- މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3- މަސައްކަތަށް ޤާބިލު ބޭފުޅުން ފޯރުކޮށްދޭ މިންވަރު (10 އިންސައްތަ)

4- މި ފަދަ މަސައްކަތުގެ ތަޖުރިބާ (15 އިންސައްތަ)

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

19 އޭޕްރިލް 2016
ހޯދާ