ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ކެންޓީނު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ ކެންޓީނު ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު HPL/PRC/I-2015/17 (12 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު އަގުބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 27 އެޕްރީލް 2016 ބުދަ ދުވަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ.

ޕްރޮޕޯޒަލް ބަލައިގަތުން:

ތާރީޚު: 04 މޭ 2016 ބުދަ ދުވަހުގެ 14:00 ގައި

ތަން: ހިތަދޫ ޕޯޓް ލިމިޓެޑްގެ އެޑްމިން ޢިމާރާތުގެ (ދެވަނަ ފަންގިފިލާ) ކޮންފަރެންސްރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގައި ބައިވެރިވެވަޑައިނުގަންނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888546 / 6888558 އާ ގުޅުއްވުން އެދެމެވެ.

10 ރަޖަބު 1437

17 އޭޕްރިލް 2016
ހޯދާ