ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

ގުޅިފަޅުން ބިން ކުއްޔަށް ދޫކުރުމާބެހޭ

ގުޅިފަޅުގައި ”ލޫސް ކާރގޯ" ގުދަން ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ބިން ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި އޮފީހަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށައެޅުން އޮންނާނީ 2016 މޭ 08 ވާ އާދީއްތަ ދުވަހުގެ 14:00 ގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެބައްދަލުވުމުގައެވެ.

މަޢުލޫމާތު އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ތިރީގައިވާ މިއޮފީހުގެ އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3016630 އަށެވެ. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހަކު 08:00 އިން 16:00 އަށެވެ.)

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

21 އޭޕްރިލް 2016
ހޯދާ