އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަރަންޏެއް އޮތްތޯ ބެލުން

އިޢުލާން

ރަސްދޫ އިލެކްޓްރިކް ސަރވިސްއިން އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތްތޯ ބެލުން:

ރަސްދޫ އިލެކްޓްރިކް ސަރވިސްގެ ނަމުގައި ހިންގާފައިވާ އއ. ރަސްދޫ ރައްޔިތުންގެ އިންޖީނުގޭގެ ނަމުގައި ހޯދާފައިވާ ތަކެއްޗަކަށް ނުވަތަ ޚިދުމަތަކަށް ނުވަތަ އެނޫންވެސް އެއްވެސް ސަބަބަކާހުރެ އެއްވެސް ފަރާތަކަށް ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް އެއްޗެއް އޮތްނަމަ، އެ ފަރާތަކުން އެކަން 2016 އެޕްރީލް 28 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލަށް ހުށަހަޅުއްވައި އެކަމެއް ނިންމެވުމަށް ދަންނަވަމެވެ. އަދި މި މުއްދަތުގެ ފަހުން ހުށަހެޅޭ މި ބާވަތުގެ އެއްވެސް މައްސަލައަކަށް ރަސްދޫ އިލެކްޓްރިކް ސަރވިސްގެ ފަރާތުން އެއްވެސް ބަދަލެއް ދެވެން ނޯންނާނެވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މި ކައުންސިލްގެ ނަންބަރު: 6660714 ފޯނަށް ގުޅުމުން ނުވަތަ މި ކައުންސިލްގެ އީމެއިލް [email protected] އަށް އެކަމެއް މެއިލްކުރުމުން އެކަމަކާގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

13 އޭޕްރިލް 2016
ހޯދާ