ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ވަޒީފާގެ ފުރުޞަތު ޑަބްލިއު.އެޗް.އޯ، ދިވެހިރާއްޖޭގެ ކަންޓްރީ އޮފީހަށް ބޭނުންވާ ޑްރައިވަރ/މެސެންޖަރުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު އެ މަޤާމަށް ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ނޯޓިސް ނަންބަރު: 2016/04 |
ޑިއުޓީ ސްޓޭޝަން: ޑަބްލިޔު.އެޗް.އޯ އޮފީސް، ކ.މާލެ |
|
ގްރޭޑް: G-3 |
މަޤާމުގެ ނަންބަރު: 157125 |
މުއްދަތު: 2 އަހަރު |
މި ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވިފައި މިވަނީ ހަމައެކަނި ދިވެހިރާއްޖޭގެ ރައްޔިތުންނަށެވެ.
މި ވަޒީފާއާބެހޭ ފުރިހަމަ އިޢުލާން ޑަބްލިޔު.އެޗް.އޯ މޯލްޑިވްސްގެ ވެބްސައިޓުގައި ޝާއިޢު ކުރެވިފައި ވާނެއެވެ. http://www.searo.who.int/maldives/about/employment/en
މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ފަރާތެއްގެ ވަނަވަރާއި ފުރިހަމަކޮށްފައިވާ 'ޕާސަނަލް ހިސްޓްރީ ފޯމު' (މި ފޯމު ޑަބްލިޔު.އެޗް.އޯ މޯލްޑިވްސްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)؛
އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ކުށުގެ ރިކޯޑު ފޯމު ޑަބްލިޔު.އެޗް.އޯގެ އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ. [email protected]
މި ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުން ބޭނުންފުޅުވާނަމަ ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުން ސިޓީއުރައެއްގައި ބަންދުކޮށްފައި 'ކޮންފިޑެންޝަލް- އެޕްލިކޭޝަން ފޮރ ދަ ޕޯސްޓް އޮފް ޑްރައިވަރ' މިފަދައިން ސިޓީއުރައިގެ ބޭރުގައި ލިޔެފައި ހ.ރޯޝަނީ ބިލްޑިންގގެ 7 ވަނަ ފަންގިފިލާގައި ހުންނަ ޑަބްލިޔު.އެޗް.އޯ ގެ މާލޭ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
މި ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 2016 އޭޕްރިލް 17 އިން ފެށިގެން 2016 މޭ 08 ވަނަ ދުވަހު 15:00 އެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށްޓަކައި 3322410 މި ނަންބަރަށް ގުޅުއްވުމުން ނުވަތަ [email protected] މި އެޑްރެހަށް އީމެއިލް ކުރެއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.