އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމާބެހޭ

އިޢުލާން

ސްޕޯޓްސް އެރީނާގެ ދަށުން އއ.ތޮއްޑޫގައި ބަށިކޯޓެއް އެޅުމާބެހޭ:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ތެރެއިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އއ.ތޮއްޑޫގައި ބަށިކޯޓެއް އެޅުމަށް ބޭނުންވެއްޖެއެވެ.

މިގޮތުން މިމަޝްރޫޢުގެ ބަށިކޯޓު އެޅުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2 މޭ 2016 ވާ ހޯމަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

12 ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ