މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕާކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ވާދޫގައި ހަދަމުންދާ ޕާކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން:

ވާދޫގައި ހަދަމުންދާ ޕާކުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރު (IUL)299/299/2016/23 (03 އެޕްރީލް 2016) އެ އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 02 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 09 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ނަންބަރު 2014/18) ގެ ދަށުން މިފަދަ މަސައްކަތްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރު، ރަޖިސްޓަރީކޮށްފައިވާކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

‏12‏ ރަޖަބު 1437

19 އޭޕްރިލް 2016
ހޯދާ