މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް /ޕޮލިސީ ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސަރޗް

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: EX 3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޕޮލިސީ ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސަރޗް

 

ތައުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕޮލިސީ ޕްލޭނިންގ މޮނިޓަރިންގ އެންޑް ރިސަރޗް ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. މިނިސްޓްރީގެ ސިޔާސަތުތަކާއި، ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެދިނުމާއި، ބަޖެޓު ތައްޔާރު ކުރުމުގައި އިސްކޮށް މަސައްކަތްކުރުމާއި، ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމާއި، ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.
  3. މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ސިޔާސަތުތަކާއި، ޕްލޭންތައް އެކުލަވާލުމުގައި އެހީތެރިވެދިނުމާއި، ބަޖެޓުތައްޔާރު ކުރުމުގައި އިސްކޮށް މަސައްކަތްކުރުމާއި، ސިޔާސަތުތަކާއި ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ދެނެގަތުމާއި، ގަވާއިދުން މުރާޖަޢާކޮށް އިޞްލާޙުކުރުން.
  4. ދާއިރާގެ އެކިއެކި ސިޔާސަތުތަކާ ބެހޭގޮތުން ކެބިނެޓަށް، މިނިސްޓްރީގެ ފަރާތުން ހުށަހަޅަންޖެހޭ ކަރުދާސްތައް މިނިސްޓްރީގެ ޑިވިޜަންތަކާ ގުޅިގެން އެކުލަވާލުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، އެ މަޢުލޫމާތު ކަރުދާސްތައް ތައްޔާރުކޮށް ހުށަހެޅުން.
  5. ދާއިރާގެ އެކިއެކި ސިޔާސަތުތަކާ ބެހޭގޮތުން ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ތައްޔާރުކޮށް ހުށަހެޅުން.
  6. ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ދާއިރާއާ ގުޅުންހުރި ކަންކަން ހާސިލުވެފައިވާ މިންވަރު ބަލައި މޮނިޓަރކުރުމާއި، އެ މަޢުލޫމާތު ގަވާއިދުން ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  7. އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަމީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ބަލައި ދިރާސާ ކުރުމާއި، އެމީހުންގެ ޙާލަތު ދެނަގަތުމަށް ދިރާސާތައް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  8. ޕޮލިސީ ޕްލޭނިންގ ޑިވިޜަނުގެ ދަށުން ހިނގާ ސެކްޝަންތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ޑިވިޜަންގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ޕޮލިސީ ޕްލޭނިންގ ޑިވިޜަންގެ މަސައްކަތްތައް އެހެން ސެކްޝަންތަކާ ވިލަރެސް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުމާއ، މިނިސްޓްރީ ތަމްސީލުކުރުމުގެ ގޮތުން އެކިއެކި ބައްދަލުންތަކުގައި ބައިވެރިވުން.
  10. ދާއިރާއާ ގުޅުންހުރި އެންމެހައި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ގަވާއިދުން އެއްކޮށް ބެލެހެއްޓުމާއި، އެ ތަފާސްހިސާބުތަކުގެ އަލީގައި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކުގެ ސިޔާސަތުތައް މުރާޖަޢާކުރުމާއި، ތަފާސްހިސާބު ހޯދުމަށް އެދޭ ފަރާތްތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުން.
  11. ދާއިރާއާ ގުޅުންހުރި ޑޯނަރ އެޖެންސީތަކާ ގުޅިގެން މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އެންމެހައި އިދާރާތަކަށް ބޭނުންވާ އެހީތައް ދެނެގަނެ، އެހީ ހޯދުމާއި، ލިބޭ އެހީ ބޭނުންކުރެވޭނެ ގޮތްތައް ކަނޑައަޅައި، ޑޯނަރ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، މޮނިޓަރކޮށް ބެލެހެއްޓުން.
  12. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 މޭ 3 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މޭ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރުމަޢުލޫމާތު

މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަށް ހުށަހަޅަންޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 /3027523 އެވެ.  

19 އޭޕްރިލް 2016
ހޯދާ