މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑިރެކްޓަރ / ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

މަޤާމް :ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: EX 1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަން

 

ތައުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރިގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ އެންމެހައި މަސައްކަތެއް ރާވައި ހިންގައި ބެލެހެއްޓުން.
  2. މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާއި ތަންތަނުގެ މުވައްޒަފުންނާ ބެހޭގޮތުން އެންމެހައި މަސައްކަތެއް، ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އަދި ކަމާ ގުޅުންހުރި ޤާނޫނުތަކާ އެއްގޮތްވާގޮތަށް، ރާވައި އިންތިޒާމުކޮށް، ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  3. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުގައިވާ އިދާރާތަކާއި ތަންތަނުގެ މުއައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގައާއި، ވަކިކުރުމުގައި އަދި ވަޒީފާއަށް ބަދަލު ގެނައުމުގައި، ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  4. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން އެކުލަވާލުމާއި ޓްރޭނިންގ ރިކްއަރމަންޓް ތައްޔާރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  5. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނަށް ބޭނުންވާ ފެންވަރު ހުރި މުވައްޒަފުން ހޯދުމާއި، އިންޓަރވިއުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ބެލެހެއްޓުން.
  6. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ހާޒިރީއާއި، ޗުއްޓީއާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ގަވާއިދުން މުސާރަ ދިނުމުގެ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
  7. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ޕަރފޮމަންސް އެޕްރައިސަލާއި މެނެޖްމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  8. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ރިޑަންޑަންސީއާއި ރިޓަޔަރމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  9. އެޗް.އާރ. އެމް.ޑީ ކޮމިޓީގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން
  10. މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް ބޭނުންވާ ތަމްރީނުތައް ދެވޭނެ އިންތިޒާމުތައް ރާވައި ހިންގުމާއި ސިވިލް ސަރވިސް ޓްރޭނިންގ ސެންޓަރުން ދެމުންގެންދާ ޓްރޭނިންތަކާ ގުޅިގެން މި މނިސްޓްރީން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
  11. މުވައްޒަފުން ވަޒީފާއަށް އަހުލުވެރި ކުރުމުގެ ގޮތުން، އިންޑަކްޝަން ޕްރޮގްރާމްތަކާއި، އޮރިއެންޓޭޝަން ޕްރޮގްރާމްތައް ރާވައި ހިންގައި ބެލެހެއްޓުން.
  12. ޓްރޭނިންގތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ފޮނުވުމާބެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް، އެކިފަރާތްތަކާ ގުޅިގެން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  13. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 މޭ 3 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މޭ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަށް ހުށަހަޅަންޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 /3027523 އެވެ.     

19 އޭޕްރިލް 2016
ހޯދާ