މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް /ޖެންޑަރ ޑިވެލޮޕްމަންޓް އެންޑް ޕްރޮޓެކްޝަން

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: EX 3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޖެންޑަރ ޑިވެލޮޕްމަންޓް އެންޑް ޕްރޮޓެކްޝަން

 

ތަޢުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީގެ ޖެންޑަރ ޑިވެލޮޕްމަންޓް އެންޑް ޕްރޮޓެކްޝަން ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ހިންގާ މަސައްކަތްތައް ރާވައި ހިންގުމާއި، ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ސިޔާސަތު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމާއި ތަންފީޒުކުރެވޭ ގޮތުގެ މަޢުލޫމާތު ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ގަވާއިދުން ރިޕޯޓްކުރުން.
  3. ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންއާބެހޭ އޮނިގަނޑު އެކުލަވާލުމާއި އެ މަސައްކަތް ހިންގާ ވިލަރެސް ކުރުން.
  4. އިޖްތިމާޢީ އިޤްތިޞާދީ އަދި ސިޔާސީގޮތުން އަންހެނުން ބާރުވެރިކޮށް ރައްކާތެރިކުރުމާބެހޭ މެކޭނިޒަމްތައް އެކުލަވާލުމާއި އެ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމާއި، މެކޭނިޒަމްތަކުގެ މަސައްކަތްތައް ގަވާއިދުން ރިވިއުކޮށް ހަރުދަނާކުރުން.
  5. އަންހެނުންނަށް ކުރާ އަނިޔާއާއި ތަފާތުތައް ނައްތާލުމުގެ ގޮތުން މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެގޮތުން ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެލެހެއްޓުން.
  6. ސީޑޯ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ރާވައި ހިންގުމާއި، ސީޑޯގެ ރެކޮމެންޑޭޝަން ތަންފީޒުކުރެވޭ މިންވަރު ދެނެގަނެ ގަވާއިދުން ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުމާއި، ސީޑޯގެ ރެކޮމެންޑޭޝަންތަކާ ގުޅިގެން މިނިސްޓްރީގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް ކަމާބެހޭ ޑިވިޜަނާ ގުޅިގެން ސިޔާސަތުތައް ރިވިއުކޮށް އިޞްލާޙުކުރުން.
  7. ޑޯނަރ އެޖެންސީތަކާ ގުޅިގެން ޖެންޑަރ އިކުއަލިޓީ/ އިކުއަލިޓީ އަދި އެންޕަވަރަމަންޓަށް އެހީ ހޯދުމާއި، ކަމާބެހޭ ޑިވިޜަނާ ގުޅިގެން ޑޯނަރ އެޖެންސީތަކުން ލިބޭ އެހީގެ ދަށުގައި ހިންގާނެ ޕްރޮޖެކްޓްތައް ކަނޑައެޅުމާއި، ލިބޭ އެހީތަކުގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް އިންޕްލިމަންޓް ކުރުމާއި، ގަވާއިދުން މޮނިޓަރިން ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
  8. ޑިވިޜަންގެ މަސައްކަތާ ގުޅިގެން މިނިސްޓްރީގެ އިތުރުން މިނިސްޓްރީގެ ދަށުން ހިނގާ ހުރިހާ އިދާރާތަކަށް ދޭންޖެހޭ އިރުޝާދުތަކާއި ލަފާ ދިނުމާއި، އިދާރާތަކުން ކުރިއަށް ގެންދާ މަސައްކަތްތައް ބަލައި މޮނިޓަރކުރުން.

މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންމެހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 މޭ 3 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މޭމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027549 / 3027523 އެވެ.  

19 އޭޕްރިލް 2016
ހޯދާ