މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް / ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން

މަޤާމް :ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ރޭންކް: EX 3

މުސާރަ

މަހަކު -/11065 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ/ ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން

 

ތައުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި، މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް ސުޕަވައިޒްކޮށް މޮނިޓަރކޮށް ބެލެހެއްޓުން.
  3. މިނިސްޓްރީގެ ޗައިލްޑް ހެލްޕްލައިނަށް އަންނަ ކޯލްތަކަށް އެޓެންޑްކުރުމާއި، ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ކުރަންޖެހޭ ކަންކަން ހިންގައި ބެލެހެއްޓުން.
  4. މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގެ ކަންކަން ރާވައި ހިންގުން.
  5. ކާރިސާ ނުވަތަ ކުއްލި ހާދިސާތަކާ ގުޅިގެން ގެއްލުން ލިބޭ ފަރާތްތަކަށާއި، ޢާއިލާތަކަށާއި މުޖްތަމަޢަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ރާވައި ހިންގުން.
  6. މިނިސްޓްރީއަށް ހުށަހެޅޭ ކުޑަކުދިންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާއި، އަންހެނުންނާއި، ބަލާނޭ މީހަކު ނެތް މީހުންނަށް ދެވޭ ކައުންސެލިންގ އަދި ސައިކޯ ސޯޝަލް ސަޕޯޓާ ގުޅޭ މަސައްކަތްތައް ސުޕަވައިޒްކުރުން.
  7. މިނިސްޓްރީގެ ދަށުގައި ހިނގާ ހުރިހާ އިދާރާތަކެއްގައި (ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެކްޓަރުތައް، ކުޑަކުދިންގެ ހިޔާ އަދި މިނޫންވެސް ތަންތަނުގައި) ކައުންސެލިންގއާއި، ސައިކޯ ސޯޝަލް ސަޕޯޓްގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުން.
  8. މިނިސްޓްރީއަށާއި، އަތޮޅުތަކުގެ ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސްހިސާބުތައް ބަލަހައްޓައި، އެނަލައިޒްކުރުން.
  9. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 މޭ 03 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މޭ މަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަށް ހުށަހަޅަންޖެހޭނެއެވެ. ޕްރެޒެންޓޭޝަނާބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ހިއްސާ ކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027529 / 3027523 އެވެ.  

19 އޭޕްރިލް 2016
ހޯދާ