މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަނާއި ލައިސެންސް ނެތި މަސައްކަތްކުރުން

އިޢުލާން

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރެޖިސްޓްރޭޝަނާއި ލައިސެންސް ނެތި މަސައްކަތްކުރުން

ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ނަންބަރު 13/2015) ގެ 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ދޫކުރާ ލައިސެންސް ނެތި މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި އެއްވެސް ފަރާތަކުން، ރާއްޖޭގައި މަސައްކަތް ކުރުމަކީ ކުށެކެވެ. އަދި މިކަންވާނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ނަންބަރު (IUL) 23-RBC/23/2015/37 (03 ޑިސެންބަރު 2015) އާއި ނަންބަރު (IUL)23-MMDC/23/2016/5  (03 ފެބުރުވަރީ 2016) އިޢުލާނުން އާންމުކޮށް އަންގައި އިޢުލާން ކޮށްފައެވެ.

ނަމަވެސް ބައެއް ފަރާތްތަކުން، ލައިސެންސް ނެތި މަސައްކަތްކުރާކަން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ސަމާލުކަމަށް ވަނީ ގެނެވިފައެވެ.

ވީމާ، މިއީ ޤާނޫނީ ކުށެއްކަމާއި، އެކުށުގެ އަދަބަކީ ގިނަވެގެން -/50,000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމާއި، ލައިސެންސް ނެތި މެޑިކަލް ޕްރެކްޓިޝަނަރެއް ނުވަތަ ޑެންޓަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތް ނުކުރުމަށް އަންގައި އިޢުލާން ކުރަމެވެ.

11 ރަޖަބު 1437
18 އޭޕްރިލް 2016
ހޯދާ