ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ވަގުތީ މަސައްކަތު  

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ

ސެކްޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު މާދަޑު ކައުންސިލް 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކުޑަކުދިންގެ ޕާކާއި މަގު ހިމެނޭ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން.

2- ކުޑަކުދިންގެ ޕާކުގައި ގަސްއިންދައި ހެއްދުން.

3- ދެފަރާތު ހޭޅިފަށް، ކައުންސިލުން އަންގާ ގޮތެއްގެ މަތިން ސާފުކުރުން.

4- ކައުންސިލުން އަންގާ އިޖުތިމާޢީ އެހެނިހެން މަސައްކަތް ކުރުން.

މަޤާމް

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

ވަގުތީ މަސައްކަތު

 

ލިޔަން ކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުން

މަހަކު -/3،100 ރުފިޔާ

މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  ދެވޭނެއެވެ.

ވަޒީފާއަށް ހޮވުމަށް ބެލޭނެ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް ބެލޭނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، މަތީގައިވާ ލިޔުންތަކާއެކު، 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ  6860041 ނަންބަރު ފޯނަށެވެ.

6 ރަޖަބު 1437
13 އޭޕްރިލް 2016
ހޯދާ