ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާރމަސީ އެސިސްޓަންޓެއް ބޭނުންވެއްޖެ

މަޤާމް :ފާރމަސީ އެސިސްޓެންޓް
ބޭނުންވާ އަދަދު :1

ތިރީގައި މިވާ ފާމަސީއަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފެއް ބޭނުންވެއްޖެ

މަޤާމު: ފާރމަސީ އެސިސްޓެންޓް ގރ1  (2 އަހަރުދުވަހުގެ ކޮންޓްރެކްޓަށް)

އަދަދު: 1
އަސާސީ މުސާރަ: -/3380ރ
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ކ.މާފުށި ފާމަސީ / މެޑިކަލް ރީޖަނަލްސް ޑިޕާޓްމަންޓް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: -/1500ރުފިޔާއާއި -/2450ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަޖައްސައިދެވޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* މަތީ ތަޢުލީމު ހާސިލު ކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު

* ކަސްޓަމަރުންނަށް ތަނުން ލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން

* ބިލް ހެދުން

* މުއްދަތު ހަމަވާ ބޭސްތައް ބެލުން.

* ރެކްތަކުގައި ބޭސް އެތުރުން.

* ކްރެޑިޓް ބިލް ޗެކްކުރުން.

* އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

* ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން

* ކޮމްޕިއުޓަރ ސްކިލްސް (ވާރޑް އެންޑް އެކްސެލް)

އެހެނިހެން ހުނަރު:

* މުޢާމަލާތުކުރުމުގެ ހުނަރު

* ގިނަ ވަގުތު މަސައްކަތުގައި އުޅުވޭނެ މުވައްޒަފެއް ކަމުގައިވުން

* ޓިވެޓް އޮންލައިން ފާމަސީ ކޯސް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 24 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344368/ 3344179   ފެކްސް: 3344041،   ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑްރެސް: [email protected]

10 ރަޖަބު 1437

17 އޭޕްރިލް 2016
ހޯދާ