ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރެއް ބޭނުންވެއްޖެ

މަޤާމް :ލޭބަރ
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: ލޭބަރ / ގރ. 1

އަދަދު: 1

މުސާރަ: -/3240ރ  

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: -/1500ރ އާއި -/2100ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.
  • ޕްރޮބޭޝަނަށްފަހު ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފިހާރައިގެ ފާޚާނާތައް ދޮވެ ސާފުކުރުން.
  • ފިހާރަތެރެއާއި، އަދި ފިހާރައިގެ ބިއްލޫރިތައް ސާފުކުރުން.
  • ޑެލިވަރީ ކުރުމުގައި އެހީތެރިވުން.
  • މުވައްޒަފުންނަށް އެހީތެރިވުން.

ތަޢުލީމާއި ތަޖުރިބާ:

  • އަސާސީތަޢުލީމުގެ ފެންވަރު ހުރުން ނުވަތަ ދިވެހި އަދި އިނގިރޭސިބަސް ލިޔަން ކިޔަން އެނގުން.
  • މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑުއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264    ވެބްސައިޓް: www.sto.mv   އީމެއިލް: [email protected]

17 އޭޕްރިލް 2016
ހޯދާ