މޯލްޑިވްސް އެނަރޖީ އޮތޯރިޓީ
ދިވެހިރާއްޖެ
ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފާޚާނާއެއް ހެދުމަށް:

މި އޮތޯރިޓީގައި ފާޚާނާއެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު:(IUL)151-CSS/1/2016/6  އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާން ބާޠިލުކޮށް, މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

ބިޑް ހުށަހެޅުން

21 އެޕްރީލް 2016ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

26 އެޕްރީލް 2016ވާ އަންގާރަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3019100 ނަންބަރު ފޯނާއެވެ.

‏‏‏07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ