މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގްރީން ޓެކްސް އަދި ޖީ.އެސް.ޓީ ސެޓުފިކެޓު ޕްރިންޓްކުރުމަށް
އިޢުލާން
މި އޮތޯރިޓީން ދޭ ނަމޫނާއާ އެއްގޮތަށް، 02 (ދޭއް) އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ގްރީން ޓެކްސް ސެޓުފިކެޓާއި ޖީ.އެސް.ޓީ ސެޓުފިކެޓު އަމިއްލަ ތަކެތީގައި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތާރީޚު | ދުވަސް | ވަގުތު | |
މަޢުލޫމާތު ސާފުކުރުން | 25 އެޕްރީލް 2016 | ހޯމަ | 15:00 |
އަންދާސީހިސާބު ހުށަހެޅުން | 28 އެޕްރީލް 2016 | ބުރާސްފަތި | 15:00 |
މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ.
07 ރަޖަބު 1437
14 އޭޕްރިލް 2016
ހޯދާ