މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލު އާންމުކުރުން

އިޢުލާން

ޖަމްޢިއްޔާތަކަށް އެހީގެގޮތުގައި ފައިސާ ދިނުމުގެ އުސޫލު ޢާންމުކުރުން

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓްގައި ކޮމިޔުނިޓީ އޯގަނައިޒޭޝަންތަކުގެ ދައުރު ފުޅާކުރުމާއި ކުރިއެރުވުމަށް މަސައްކަތް ކުރުން ހިމެނިފައިވާތީ، ޖަމްޢިއްޔާތަކުގެ ތަރައްޤީއަށާއި ޖަމްޢިއްޔާތަކުން ހިންގާ މަސައްކަތްތަކަށް ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހީއަށް އެދި ހުށަހެޅޭނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދާ އެއްގޮތަށް ރަޖިސްޓަރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަންޏެވެ.

ޖަމްޢިއްޔާތަކަށް އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލު މި މިނިސްޓްރީގެ ވެބްސައިޓްގައި މިހާރު ވާނީ ޝާއިޢު ކުރެވިފައެވެ.

ވީމާ، މިކަމަށް އެދި ހުށަހަޅުއްވަން ބޭނުންވެލައްވާ ޖަމްޢިއްޔާތަކުން މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅުއްވުން އެދެމެވެ. އަދި، މި ޕްރޮޕޯޒަލްތައް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 26 މޭ 2016 ވަނަ ދުވަހުގެ 12:00ގެ ކުރިންނެވެ.

‏07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ