މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޤައުމީ ދިދައާއި މި އޮތޯރިޓީގެ ދިދަ ފަހައި، ދިދަ ސްޓެންޑް ތައްޔާރުކުރުން

އިޢުލާން

މި އޮތޯރިޓީން ދޭ ނަމޫނާއާ އެއްގޮތަށް، ޤައުމީ ދިދައާއި މި އޮތޯރިޓީގެ ދިދަ އަމިއްލަ ތަކެތީގައި ފަހައި، ދިދަ ސްޓޭންޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 21 އެޕްރީލް 2016 ބުރާސްފަތި 15:00
 އަންދާސީހިސާބު ހުށަހެޅުން 24 އެޕްރީލް 2016 އާދީއްތަ 15:00

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

07 ރަޖަބު 1437

14 އޭޕްރިލް 2016
ހޯދާ