އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީ ފޭދޫއަވަށުގެ ވޮލީކޯޓުގައި ދާޖަހައި ގޭޓުލުމުގެ މަސައްކަތް:

އައްޑޫސިޓީ ފޭދޫއަވަށުގެ ވޮލީކޯޓުގައި ފެންސް ނުޖެހިވާ ބައިގައި ފެންސް ޖަހައި ގޭޓުލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތުދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ