މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ސައިންސް ލެބް މަރާމާތުކޮށްދިނުމަށް

އިޢުލާން  

މިމަދަރުސާގެ ސައިންސް ލެބް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް:

2015 ޑިސެންބަރު 17 ގައި ކުރެވުނު ނަންބަރު GS78/IULAAN/2015/27 އިޢުލާން ކެންސަލްކޮށް، އަލުން މިމަސައްކަތަށް އިޢުލާންކުރަމެވެ.

ހއ.ކެލާ މަދުރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނަ އަހަރު ކުރެވޭ މަރާމާތުގެ ތެރެއިން ސައިންސް ލެބް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިއީ މިސައްކަތަށް އިޢުލާން ކުރެވޭ 6 (ހައެއް) ވަނަ ފަހަރުކަމުން، މިފަހަރު މި އިޢުލާނާ ގުޅިގެން މި މަސައްކަތާމެދު ގޮތެއް ނިމިގެންދާނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ 10:00

24 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 10:00

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައި.ޑީ ކާޑު) ނުގެންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

11 އޭޕްރިލް 2016
ހޯދާ