އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ – ކަސްޓަމަރ ސަރވިސް ސެންޓަރ

އެސިސްޓެންޓް އޮފިސަރ – ކަސްޓަމަރ ސަރވިސް ސެންޓަރ

މިމަޤާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި އާސަންދަ ކުންފުނީގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަފާތު މަސައްކަތްތަކާއި، "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތުތައް ސާފުކޮށްދެއްވުން ހިމެނެއެވެ.

މަޤާމުގެ ޝަރުޠު:

  • ޝިފްޓް ޑިއުޓީގެ މަސައްކަތް ކުރުމާއި އަދި ރޭގަނޑު ޑިއުޓީގައި މަސައްކަތް ކުރެވޭނެ ފަދަ މީހަކަށްވުން
  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން
  • އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ރަސްމީ ދަތުރުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދިޔުމުގައި ހުރަހެއް ނެތުން
  • ހޭލުންތެރިކުރުމުގެ ޕޮރްގްރާމްތަކާއި އަދި އެހެނިހެން ކެމްޕޭންތަކުގައި ރާއްޖެތެރެއަށް ދަތުރުކުރުމުގައި ހުރަހެއް ނެތުން

ވަޒީފާގެ ޒިންމާތައް: 

  • ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ދިނުމާއި، މަޢުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުމާއި އަދި ޚިދުމަތް ހޯދުމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަތުން
  • ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތައް ރަޖިސްޓަރީ ކުރުމާއި އަދި ހަމަޖެހިފައިވާ އުސޫލުން ޚިދުމަތްދިނުން
  • ހުށަހެޅޭ ކޭސްތަކާ ގުޅިގެން "ހުސްނުވާ އާސަންދަ" ސްކީމްގެ ދަށުން އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކާއެކު މަޝްވަރާކުރުމާއި ހުއްދަ ހޯދުމާއި އަދި ފަރުވާ ލިބޭނެ ކަމުގެ ލިޔުން ހަވާލުކުރުން
  • ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތުގެ ފުރިހަމަ މަޢުލޫމާތު ލިބިފައި ހުރުމާއި އަދި ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ގޮތް ނިންމުން
  • ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ރާއްޖެއިން ބޭރުގައި ތިއްބަވާ ކުންފުނީގެ މުވައްޒަފުންނާ ގުޅިގެން ޙައްލުކުރުން
  • ޓެލެފޯނުގެ ޒަރީޢާއިންނާއި އަދި މެއިލް މެދުވެރިކޮށް ކޭސްތަކާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުމާއި، އަދި އިތުރު މައްސަލައެއްވާނަމަ، މައްސަލައިގެ ތަފުސީލު ހޯދުމާއި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިނުން
  • އިމަރޖެންސީގައި ބަލިމީހާ އެއްތަނުން އަނެއްތަނަށް އުފުލުމަށް ބޭނުންވާ އިންތިޒާމުތައް މެޑިކަލް ޓީމާއި، އޭވިއޭޝަން އޮފީސް އަދި ސީ-އެމްބިޔުލަންސް މެދުވެރިކޮށް ހަމަޖެއްސުން
  • ކުންފުނީގެ މަސައްކަތާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރުން                                                                                      

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

 

ކުރިމަތިލުމުގެ ސުންގަޑި: 21 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނެވޭނެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

14 އޭޕްރިލް 2016
ހޯދާ