އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ - ފްރޯޑް އެންޑް އިންވެސްޓިގޭޝަން

އެސިސްޓެންޓް އޮފިސަރ - ފްރޯޑް އެންޑް އިންވެސްޓިގޭޝަން

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން ނުވަތަ ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން (ސައިންސް ސްޓްރީމް)
  • އަދާކޮށްފައިވާ ވަޒީފާތަކާއި އަދި މަސައްކަތުގެ ތަޖުރިބާއަށް ޚާއްޞަ ސަމާލުކަމެއްދެވޭނެ.
  • މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުމާއި އަދި މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން
  • އިނގިރޭސި އަދި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުމާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު ހުރުން
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން

ވަޒީފާގެ ޒިންމާތައް: 

  • އޮޑިޓް މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
  • މަހުން މަަހަށް އޮޑިޓް ރިޕޯޓް ހެދުން
  • ސަރވިސް ޕްރޮވައިޑަރސްއިންނާ މުޢާމަލާތުކުރުން
  • ޑިޕާޓްމަންޓް ހެޑް ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން       

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 21 އެޕްރީލް 2016 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން 

މިމަޤާމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުންނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

  1. ވަޒީފާއަށް އެދޭ ފޯމު
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ސީވީ
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

14 އޭޕްރިލް 2016
ހޯދާ