ތ. ގުރައިދޫ ޞިއްޙީ މަރުކަޒު، ތ. ގުރައިދޫ
ދިވެހިރާއްޖެ
އެމްބިއުލާންސް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެމްބިއުލާންސް  ޑުރައިވަރ 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: އެސް. އެސް. 2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތ. ގުރައިދޫ ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އެމްބިއުލާންސްގައި ކުރަންޖެހޭ ދަތުރުތައް، ވެހިކަލުގެ ހާލަތު ތަންދޭ މިންވަރެއްގެމަތިން ފަސްނުޖެހި ކުރުން.

2. ދަތުރަށް ފެށުމުގެ ކުރިންނާއި، ދަތުރުކުރާއިރު، ވެހިކަލަށާއި ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަލަންޖެހޭ ކަންކަމަށް ބެލުން.

3. ދުއްވަންފެށުމުގެ ކުރިން، އިންޖީނާއި މީޓަރުތައް ރަނގަޅަށް މަސައްކަތްކުރޭތޯއާއި މަތީތެލާއި، އަޑީތެޔޮ ހުރިތޯ ޗެކްކުރުން

4. ގަރާޖް ސާފުކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

3. މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގަބޫލުކުރާ B1 ކެޓަގަރީ ލައިސެންސް ހާސިލުކޮށްފައިވުމާއެކު، ލިޔަންކިޔަން ދަތުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުންނާއި ހެލްތު މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ  ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ފޯމު ހުށަހެޅުމުގެ ސުންގަޑި:

2016 އެޕްރީލް 25 ވާ ހޯމަދުވަހުގެ 12.00 ގެ ކުރިން، ތ. ގުރައިދޫ ޞިއްޙީ މަރުކަޒަށް.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މޭމަހުގައި، ތ. ގުރައިދޫ ޞިއްޙީ މަރުކަޒުގައި

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.                  

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6780078 އެވެ.

5 ރަޖަބު 1437

12 އޭޕްރިލް 2016
ހޯދާ