މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:MS 3

މުސާރަ

މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ / އެލްޑަރލީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޜަން

 

ތައުލީމާއި ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން،

ނުވަތަ

5. މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލު ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ސެކްޝަނުން ހިންގާ ޕްރޮގްރާމްތަކުގެ ވާރކްޕްލޭންތައް ޕްލޭނިން ސެކްޝަނާ ގުޅިގެން އެކުލަވާލުމާއި، ވާރކްޕްލޭންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ޑިވިޜަން ހެޑްގެ މަޝްވަރާއާއެކު ކުރުމާއި ބެލެހެއްޓުން.
  2. ސްކޫލް/މަދަރުސާތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފެއްދުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ތަންފީޒު ކުރުން.
  3. ދޮށީ ޢުމުރުގެ މީހުން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް، މަދަނީ ޖަމްޢިއްޔާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތަކާއި، އިޖުތިމާޢީ ގްރޫޕްތަކާއި ވިލަރެސް ކުރުމާއި އެފަރާތްތައް ބައިވެރިކޮށްގެން ޕްރޮގްރާމްތައް ރޭވުން.
  4. ދޮށީ ޢުމުރުގެ މީހުންނަށް، ޢާއިލާތަކުން ނުވަތަ މުޖްތަމަޢުން ކޮށްދެވިވިދާނެ ކަންތަކާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
  5. ދޮށީ ޢުމުރުގެ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މަޢުލޫމާތު އެއްކުރުމާއި، އެފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ދޮށީ ޢުމުރުގެ މީހުންގެ ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރަންޖެހޭ ގޮތާމެދު ޢާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތައް ރާވައި ހިންގުން.
  7. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް ޢަމަލުކުރުން.
  8. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް، އޮފީހުން ހަވާލުކުރާ އެންހައި މަސައްކަތެއް ކުރުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރިޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭވަރުގެ ސާފު) ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.
  8. ވަޒީފާއެއްގައި އުޅޭނަމަ އެތަނެއްގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން  

ސުންގަޑި

2016 އެޕްރީލް 25 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3013017 / 3013019 އެވެ.  

12 އޭޕްރިލް 2016
ހޯދާ