ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސޭލްސް މެނޭޖަރެއް ބޭނުންވެއްޖެ

މަޤާމް :ސޭލްސް މެނޭޖަރ
ބޭނުންވާ އަދަދު :1

މިކުންފުނީގެ ނަންބަރު60އޭޑީއެމް/91/2016 އިޢުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައި ދެންނެވިފައިވާ މަަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: ސޭލްސް މެނޭޖަރ

އަދަދު: 01

މުސާރަ: ހަމަޖައްސާނީ ލިބިފައިވާ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ސެޓުފިކެޓުތަކަށް ބެލުމަށްފަހު

ވަޒީފާގެ ބާވަތް: ކޮންޓްރެކް

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/3000ރ އާއި -/5000ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

* އޮޕަރޭޝަން މެނުއަލްގައިވާ ގޮތަށް ފިހާރަ ހިންގުމަށް ބޭނުންވާ އެންމެހާ ކަންކަން ރާވައި ހިންގުން.

* މުވައްޒަފުން ސުޕަވައިޒް ކުރުން.

* ފިހާރައިގެ ސޭލްސް ކުރިއެރުވުމަށްޓަކައި ޕްލޭންކުރުމާއި، ފޯކާސްޓް ކުރުމާއި، އަދި އިންވެންޓްރީ ބެލެހެއްޓުން

* ވިޔަފާރީގެ ފުރުޞަތުތައް ހޯދައި، ރީޖަނަލް ސޭލްސް އޮފީހާ ގުޅިގެން އެކަން ރާވައި ހިންގުން

ތަޢުލީމާއި ތަޖުރިބާ:

* މެނޭޖްމަންޓް، ފައިނޭންސް ނުވަތަ ބިޒްނަސް ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ

* މަޤާމާގުޅޭ ދާއިރާއަކުން މަދުވެގެން 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 14 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ 164 ސ. ހުޅުމީދޫ ފިހާރައިންނާއި އެސްޓީއޯގެ ހެޑްއޮފީހުންނާއި އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލާނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިން އޯރގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272     ފެކްސް: 3344041 ވެބްސައިޓް: www.sto.mv

އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

ބަހާއުއްދީން މަގު، ސ. ހުޅުމީދޫ

ފޯން: 3012693 

03 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ