ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ސުޕަރމާޓަށް ސޭލްސް އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :ސޭލްސް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

މިކުންފުނީގެ ނަންބަރު 60އޭޑީއެމް/63/2016 އިއުލާނަށް އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ މި އިޢުލާން ބާޠިލު ކުރުމަށްފަހު ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުންހުޅުވައިލަމެވެ.

މަޤާމު: ސޭލްސް އެސިސްޓެންޓް / ގރ. 1

އަދަދު: 1

މުސާރަ: -/3240ރ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސުޕަރމާޓް

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް:  -/2000ރ އާއި -/2500ރއާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100ރ ދެވޭނެ.
  • އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
  • ދާއިމީވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންނާއި މުޢާމަލާތު ކުރުމާއި، ކަސްޓަމަރުންނަށް އެހީތެރިވުން.
  • މުދާ ބަލައިގަތުމާއި، މުދާ ދޫކުރުން.
  • މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބަލައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
  • ގުދަންތެރެ ސާފުކޮށް ބެލެހެއްޓުން.                                   

ތަޢުލީމާއި ތަޖުރިބާ:

  • ގުރޭޑު 7 ގެ ފެންވަރު ހުރުމާއެކު، ދިވެހި އަދި އިނގިރޭސިބަސް ލިޔަން ކިޔަން އެނގުން.
  • މިދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 17 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑްއޮފީހުގެ ރިސެޕްޝަނުންނާއި އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި، އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތަކަށެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

04 ރަޖަބު 1437

11 އޭޕްރިލް 2016
ހޯދާ