ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މާކަރުން ހޯދުން

އިޢުލާން

2016ވަނަ އަހަރުގެ އެޗްއެސްސީ އިމްތިޙާނުގެ މާކަރުން ހޯދުން     

2016 ވަނަ އަހަރުގެ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ޖަވާބުކަރުދާސް މާކު ކުރައްވާނެ މާކަރުން މިޑިޕާޓްމަންޓަށް ބޭނުންވެއެވެ. މާކު ކުރެއްވުމަށް އެދިވަޑައިގެން ހުށަހަޅުއްވާ ފޯމު 2016 އެޕްރީލް 14 އިން ފެށިގެން މިޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ވީމާ، ގްރޭޑް 10،11،12 އަށް ކިޔަވައިދެއްވާ އަދި މިކަމުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުން، ފޯމު ނަންގަވައި ފުރިހަމަ ކުރެއްވުމަށްފަހު 2016 މޭ 05 ގެ 13:00ގެ ކުރިން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމު މިޑިޕާޓްމަންޓުގެ ވެބްސައިޓް www.dpe.edu.mv އިން ވެސް ލިބެން ހުންނާއެވެ.

03 ރަޖަބު 1437

10 އޭޕްރިލް 2016
ހޯދާ