އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ބޭސްގެ ހެންގަރުގެ ވަޔަރިންގ އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިކުންފުނީގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގާ ސީޕްލޭން ބޭސްގެ ހެންގަރުގެ ވަޔަރިންގ އަދި އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 12:30 ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 23 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 12:30 ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ

07 އޭޕްރިލް 2016
ހޯދާ