ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
01 ޖަނަރޭޓަރ ހޯދުމަށް

އިޢުލާން

ފ.ނިލަންދޫގެ ރައްޔިތުންގެ އިންޖީނުގެއަށް 600 ކިލޯ ވޯޓްގެ 01 ޖަނަރޭޓަރ ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: 374-C/2016/28 (28 މާރިޗު 2016)ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

01 ޖަނަރޭޓަރ (600 ކިލޯ ވޯޓްސް ކަމިންސް)

ވީމާ، ޖަނަރޭޓަރ ގެނެސްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލްމަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލްް 18 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން އަންނަ ފަރާތްތަކާއި، މަޢުލޫމާތު ފުރިހަމަކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ، އަންދާސީހިސާބު ހުށަހެޅުމުގެ 01 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއަށް 600 ކިލޯ ވޯޓުގެ ޖަނަރޭޓަރއެއް ގެނެސްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިތަކެތި ގެނައުމަށް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.

1. ހުށަހަޅާ އަގު    %60

2. މުއްދަތު:      %20

3. މާލީތަނަވަސްކަން: % 10

4. ތަޖުރިބާ      % 10

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

27 ޖުމާދަލްއާޚިރާ 1437

05 އޭޕްރިލް 2016
ހޯދާ