ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ޝީލްޑްތައް ޑިޒައިންކޮށް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ޝީލްޑްތައް ޑިޒައިންކޮށް ހައްދަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ގަންނަން ބޭނުންވާ ތަކެތި:

  • 227 ޝީލްޑް

މަސައްކަތުގެ ތަފުސީލު:

  • މި ސްކޫލުގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ ޝީލްޑްތައް ޑިޒައިންކޮށް، ތައްޔާރުކޮށްދީ އަދި ރައްކާތެރިކަމާއެކު 25 އެޕްރީލް 2016 ގެ ކުރިން މި ސްކޫލަށް ތަކެތި ހަވާލުކުރަންވާނެއެވެ.
  • ޝީލްޑްތައް ތައްޔާރުކުރާނީ ޓްރާންސްޕޭރަންޓް އެކްރައިލިކް ޕްލާސްޓިކްގައެވެ. ބޭސް ތައްޔާރުކުރުމުގައި އެކްރައިލިކް ޕްލާސްޓިކް ނޫނީ ލަކުޑިން ވެސް ބޭސް ހެއްދިދާނެއެވެ. އަދި ބޭސްގައި މެޓަލިކް އިން މި ސްކޫލުން ދޭ ލިޔުންކޮޅު ޕްރިންޓް ކުރަންޖެހޭނެއެވެ.
  • ޚާއްޞަ އެވޯޑްތަކުގެ ގޮތުގައ ހިމަނާފައިވާ އެވޯޑްތަކުގެ ޑިޒައިންތައް ވީހާވެސް އެހެން އެވޯޑްތަކާ ތަފާތުކުރަންވާނެއެވެ. އަދި މި އެވޯޑްތައް ޑިޒައިން ކުރާއިރު ލަކުޑިން ތައްޔާރު ކުރެވިދާނެއެވެ.
  • އަދި ކޮންމެ ކެޓަގަރީއަކަށް ވެސް 3 ޑިޒައިން ހުށަހަޅަންޖެހޭނެއެވެ.
  • ޑިޒައިންތައް ހުންނަންޖެހޭނީ މިންތައް އެނގޭނެހެންނެވެ.

Categories:

Progress Award (69 awards)

A* Award (3 awards)

Performance Award (5 awards)

Best Five Students in Primary Grade 7 (5 awards)

General Proficiency Prize (13 awards)

Class Prize (7 awards)

Class Progress Prize (7 awards)

Honor – Listed Award (5 awards)

Discipline Award (9 awards)

Subject Prices (46 awards)

Special Awards Categories

Cadet with Best Academic Award (1 award)

Guide with Best Academic Award (1 award)

Scout with Best Academic Award (1 award)

Best Cadet (1 award)

Best Guide (1 award)

Best Scout (1 award)

Passed in all Subjects at GCE O Level and SSC (6 awards)

Best Ten result at School Level (GCE) (8 awards)

Best Ten Result at National Level (GCE) (3 awards)

Distinction at IGCSE and SSC (30 awards)

Best House in Studies (1 awards)

Best House in Sports (1 awards)

Best all round House (1 awards)

Most disciplined Student of the year 2015 (1 award)

Best All Round of the year 2015 (1 award)

އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް:

ހ. އަގު ހުށަހަޅުއްވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

ށ. އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ނ. އަންދާސީހިސާބުގައި މަސައްކަތް ނިންމައިދޭނެ މުއްދަތު ބަޔާންކުރަންޖެހޭނެއެވެ.

ޕޮއިންޓް ދޭނެގޮތް:

  • 40 ޕޮއިންޓް ޑިޒައިންތަކަށް
  • 40 ޕޮއިންޓް އަގަށް
  • 10 ޕޮއިންޓް މުއްދަތަށް                                                                                                                                                                                                                                                                                       
  • 10 ޕޮއިންޓް ތަޖުރިބާ

ހުށަހަޅަންޖެހޭ ތަކެތި:

ހ. ކުންފުންޏަކުން ނުވަތަ ޕާޓްނަރޝިޕަކުން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، އަދި ކުންފުނީގެ ޕްރޮފައިލާއި ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރިކަމުގެ ލިޔުމުގެ ކޮޕީ، އަމިއްލަ ފަރާތްތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ. އަމިއްލަ ފަރާތަކުން ކުރިމަތިލާނަމަ، ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ.

ށ. ފާއިތުވެދިޔަ އަހަރުގެ ތެރޭގައި މިބާވަތުގެ ޚިދުމަތެއް ފޯރުވައިދީފައިވާ ފަރާތްތަކުން، ޚިދުމަތަކާ ގުޅޭގޮތުން ލިބިފައިވާ ލިޔުންތައް. (ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި މިބާވަތުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ.)

ވީމާ، މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަތީގައި ބަޔާން ކޮށްފައިވާ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން 18 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ޑިޒައިންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600136 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

05 އޭޕްރިލް 2016
ހޯދާ