ދިވެހިރާއްޖެ
މަޤާމް: މެކޭނިކް
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހުޅުމާލޭ ހޮސްޕިޓަލުގެ މެކޭނިކަލް އެންމެހައި މަސައްކަތްތައް ކުރުމާއި، ސަރވިސްކޮށް ބެލެހެއްޓުން.
ވަޒީފާގެ ޒިންމާތައް:
- ހޮސްޕިޓަލާއި ހޮސްޕިޓަލުން ކުއްޔަށް ހިފާފައިވާ އެންމެހައި ތަންތަނުގެ އިލެކްޓްރިކަލް މަސައްކަތްތައް ކުރުން.
- ހޮސްޕިޓަލުގެ މެއިންޓަނަންސާބެހޭ މަސައްކަތްތައް، މެއިންޓަނަންސް އޮފިސަރ އަންގާ ގޮތެއްގެ މަތިން ކުރުން.
- ހޮސްޕިޓަލުގެ މެޝިނަރީޒްތަކަށް ދިމާވާ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރުން.
- ހޮސްޕިޓަލުގެ ވެހިކަލްތަކުގެ ކަރަންޓުގެ އެންމެހައި މަސައްކަތްތައް ކުރުމާއި، ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުން.
- މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް، ވީހާވެސް އަވަހަކަށް ސުޕަވައިޒަރަށް އެންގުން.
- މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުޞޫލުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 އެޕްރީލް 14 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން |
މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
1. ވަޒީފާއަށް އެދޭ ފޯމު
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ސީވީ
4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application
-Form-Aasandha-English.pdf
ޚާއްޞަ ސަމާލުކަމަށް:
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ހިމެނެންޖެހޭ ވަޒީފާއަށް އެދޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.
އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.