އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެއިންޓަނަންސް އޮފިސަރ

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް: މެއިންޓަނަންސް އޮފިސަރ 

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ތަޖުރިބާ ލިބިފައިވުން.
  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސައްކަތުގެ ޚުލާޞާ:

ހުޅުމާލޭ ހޮސްޕިޓަލުގެ މެއިންޓަނަންސް މަސައްކަތްތައް ކުރުން.

ވަޒީފާގެ ޒިންމާތައް:

  • ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގައި ކުރަން ހުންނަ މަރާމާތުތައް ފާހަގަކޮށް، މަރާމާތުގެ ތަފްޞީލާއި މަރާމާތުކުރުމަށް ދާނެ ޚަރަދުގެ އަންދާސީ ހިސާބު ތައްޔާރުކުރުން.
  • އަލަށް އިމާރާތްކުރުމާއި، އިމާރާތަށް ބަދަލުގެނައުމާއި، މަރާމާތުކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
  • ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ކުރަން ހުންނަ މަރާމާތުތައް ބަލައި، މަރާމާތުތައް ކުރުން.
  • މަރާމާތުކުރަންޖެހޭ ތަންތަނުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް، މަރާމާތުކުރުމަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކުރުން.
  • މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ދަތިތައް ވީހާވެސް އަވަހަކަށް ސުޕަވައިޒަރަށް އެންގުން.
  • މަސައްކަތުގެ ދާއިރާގައި ކުރަންޖެހޭ ކަންތައްތައް ކުރަން ހަމަޖެހިފައިވާ ގަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކުރުން.                                                          

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން

ކުރިމަތިލުމުގެ ސުންގަޑި:  2016 އެޕްރީލް 14 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 

3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: 

- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި ހިމެނެންޖެހޭ ވަޒީފާއަށް އެދޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ހުށަނާޅާ އެޕްލިކޭޝަންތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

29 ޖުމާދަލްއާޚިރާ 1437
07 އޭޕްރިލް 2016
ހޯދާ