ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގދ.ނަޑެއްލާގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ

އިޢުލާން

ގދ.ނަޑެއްލާގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެއާ ގުޅޭ:

މިކުންފުނީގެ ގދ.ނަޑެއްލާ އިންޖީނުގެ މިހާރުހުރިތަން ނޫން އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށްޓަކައި، ކުންފުނިން ދޭ ކުރެހުމާއި، ބީއޯކިޔު އާ އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް އެރަށުގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ބިޑް ޑޮކިއުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމަންޓެއް ކަމުގައި ދަންނަވަމެވެ.

  • ބިޑް ޑޮކިއުމަންޓްގެ އަގު: USD 100.00 (ސަތޭކަ ޑޮލަރު) ނުވަތަ އެ އަދަދަށްވާ ދިވެހިފައިސާ (ނޮން ރިފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2016 އެޕްރީލް 10 އިން 14 ގެ ނިޔަލަށް ރަސްމީގަޑީގައި 08:30 އިން 15:30 އަށް.
  • ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް. ބިޑް ޑޮކިއުމަންޓަށް ފައިސާ ދެއްކެވުމުން ހަމަ އެތާރީޚުގައި ބިޑް ޑޮކިއުމަންޓްގެ ޕީ.ޑީ.އެފް ލިބިވަޑައިގަންނަވާނެއެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 18 ވާ ހޯމަ ދުވަހުގެ 13:00 ގައި މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ގދ.ނަޑެއްލާ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ. އަދި މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ކުންފުނީގެ ގޮތުގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  
  • ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 އެޕްރީލް 24 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީހިސާބު ހުށައަޅާނީ މި ކުންފުނީގެ ހެޑްއޮފީސް ނުވަތަ މިކުންފުނީގެ ގދ.ނަޑެއްލާ ބްރާންޗަށެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ