މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ މާލީހިސާބު ފާސްކުރުން އަދި ހިއްސާގެ ފައިދާއާބެހޭ

އެމްޓީސީސީގެ 2015 ވަނަ އަހަރުގެ ބެލެންސްޝީޓާއި ފައިދާއާއި ގެއްލުމުގެ ހިސާބު 31 މާރިޗު 2016 ގައި ބޭއްވި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ފާސްކުރައްވާފައެވެ. 2015 ވަނަ އަހަރުގެ ސާފުފައިދާއަކީ ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ކެނޑުމަށްފަހު 156 މިލިޔަން ރުފިޔާއެވެ. އަދި ހިއްސާދާރުންނަށް 2015 ވަނަ އަހަރަށް ހިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު-/50 ރުފިޔާގެ ހިއްސާއަކަށް -/22 ރުފިޔާ ބަހާގޮތަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއިން ވަނީ ނިންމަވާފައެވެ. 2014 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ކުންފުނީގެ ހިއްސާދާރުންނަށް މޫނުމަތީ އަގު -/50 ރުފިޔާގެ ހިއްސާއަކަށް -/20 ރުފިޔާއާއެކު މޫނުމަތީގެ އަގު -/50 ރުފިޔާގެ 1 ބޯނަސް ހިއްސާ ދިނުމާ ގުޅިގެން 2014 ވަނަ އަހަރަށް ހިއްސާގެ ފައިދާގެގޮތުގައި މޫނުމަތީ އަގު-/50 ރުފިޔާގެ ހިއްސާއަކަށް ޖެހިފައިވަނީ -/10 ރުފިޔާއެވެ.

މިގޮތުން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމުން 2015 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް 11 މިލިއަން ރުފިޔާ ދޫކުރެވޭނެއެވެ. 2014 ވަނަ އަހަރު ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ 5 މިލިއަން ރުފިޔާއެވެ.

ވީމާ، މިކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ 179-4.2/CIR/2012/9 ސަރކިއުލަރއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ލިސްޓިންގ ރޫލްސްގެ 6.2.3(b) ގެ ދަށުން މިކުންފުނީގެ އެންމެހާ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އަންގައި އިޢުލާންކުރީމެެވެ.

05 އޭޕްރިލް 2016
ހޯދާ