މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ޙަފުލާގެ ހޯލް ތައްޔާރުކޮށްދިނުމުގެ މަސައްކަތް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މިކައުންސިލްގެ ނަންބަރު: (IUL)219-CA/1/2016/10 (05 އެޕްރީލް 2016) އިޢުލާނުގައިވާ، މިކައުންސިލްގެ ފަރާތުން 03 މޭ 2016 ގައި ބާއްވާ ޙަފުލާގެ ހޯލް ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބިޑް ހުށަހެޅުމަށް ކަނޑައެޅިފައިވާ ތާރީޚަށް ބަދަލު އައިސްފައިވާތީ، އެކަން އަލުން އިޢުލާންކޮށް އެންގީމެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 12 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

29 ޖުމާދަލްއާޚިރާ 1437

07 އޭޕްރިލް 2016
ހޯދާ