މަޤާމުގެ މަސްއޫލިއްޔަތު:
|
- ފެކަލްޓީ / ސެންޓަރ / ކެމްޕަސް އަދި އިދާރީ މަރުކަޒުގެ ސެކްޝަންތަކުން ފޮނުވާ ތަކެއްޗަށް އެދޭ ފޯމުތައް ލިބުމުން އެންޓްރީން ނެގުން.
- ރިކުއެސްޓް ލިސްޓްތައް އަޕްޑޭޓްކުރުން.
- ތަކެތި ލިބެންހުރި ތަންތަން ބަލައި، އަގު ހޯދުމަށް ހަމަޖެހިފައިވާ އުސޫލުން އަގު ހޯދުމަށްފަހު ވެރިއަކަށް އެންގުން.
- ޕާރޗޭސް އޯޑަރތައް ތައްޔާރުކޮށް ފުރިހަމަކުރުމަށްފަހު އެއެއްޗެއް ގަތުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންދިޔުން.
- ދުވަހުންދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ޚިދުމަތް ވަގުތުން ހޯދުމާއި، ވަގުތުން ނުލިބޭ މުދާ ޚިދުމަތް ލިބޭނެ މުއްދަތެއް ކަނޑައަޅައި މަސައްކަތް ކުރުން.
- މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ، އޯޑިޓްއޮފީސް އަދި ޔުނިވަރސިޓީން ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
- ނުހޯދޭ ތަކެއްޗާއި ނުހޯދޭ ޚިދުމަތުގެ މަޢުލޫމާތު ލަސްވެގެން ކޮންމެ ހަފުތާޔަކު އެއްފަހަރު މަޝްވަރާކޮށް އަޅާނެ ފިޔަވަޅުތަކެއް ނިންމުމާއި، އެ ހަމަޖައްސާ އުސޫލާ އެއްގޮތަށް ޢަމަލުކުރުން.
- އެކި ފެކަލްޓީ / ސެންޓަރ ، ކެމްޕަސް އަދި ޔުނިވަރސިޓީގެ ސެކްޝަންތަކަށް ހޯދޭ ތަކެތި ލަސްވެގެން 02 ދުވަހުގެ ތެރޭގައި ގަވާއިދުން ހަވާލުކުރަމުން ގެންދިޔުން.
- ގަނެގެން ގެނެވޭ ތަކެތި ފެންވަރު ބެލުމާއި، ކޮލިޓީތަކެތި ގަތުމަށް ބާރުއަޅައި މަސައްކަތްކުރުން.
- ބޭނުންވާ މުދަލެއް ނުވަތަ ބަދަލު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަގުތުން ކުރުން.
- ތަކެތި ވިއްކާ ފަރާތުގެ މަޢުލޫމާތު، ކޮންޓެކްޓް މަޢުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- ބޯޓަށް އަރުވަންޖެހޭ މުދާ އެރުވުމާއި، ބާލަންޖެހޭ މުދާ ބޭލުމާއި އޭގެ ނާލުގެ މައްސަލަ މަޝްވަރާކުރެވި ގޮތްތަކެއް ނިންމުން.
- ރާއްޖެއިން ބޭރުން ގެނެވޭ މުދާ ކްލިއަރ ކުރުމާއި، އެމުދަލެއް ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކޮށް ނިންމުން.
- ނުގަނެވޭ ތަކެތީގެ ލިސްޓު އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މީގެ އިތުރުން ސެކްޝަނުގެ ތެރޭގައި ކުރަންޖެހޭކަމަށް ބެލެވޭ އިމަރޖެންސީ ކަންތައްތަކާއި އެހެނިހެންކަންތައްތައް ކުރުމުގައި އެހީތެރިކަން ދިނުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލު ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރަޖިސްޓްރަރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2016 އެޕްރީލް 11 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ.
- އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުއްވާނެ އީމެއިލަކީ [email protected] އެވެ.
|