އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔަށް ދޫކުރުން

އިޢުލާން

އދ.މަންދޫ ދެކުނުކޮޅު ތުނޑީ ސަރަހައްދުގައި އޮތް 6.19 (ހައެއް ޕޮއިންޓް އެކެއް ނުވައެއް) ހެކްޓަރ ބިން ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް އދ. އަތޮޅު މަންދޫ ދެކުނުކޮޅު ތުނޑީ ސަރަހައްދުގައި އޮތް 6.19 (ހައެއް ޕޮއިންޓް އެކެއް ނުވައެއް) ހެކްޓަރުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް 35 (ތިރީސް ފަސް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް، މަންދޫ ކައުންސިލްގެ ފަރާތުން ހުޅުވާލައިފީމެވެ. އެ ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާގޮތަށް ތައްޔާރުކޮށް، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑް ޑޮކިއުމަންޓާ އެއްގޮތްވާ ގޮތުގެމަތިން، ބިޑް ހުށަހެޅުމަށް ދަޢުވަތު ދެމެވެ.

1- ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން، އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި، ބިޑް ޑޮކިއުމަންޓް ބެއްލެވުމަށާއި، މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، 10 އެޕްރީލް 2016 އިން ފެށިގެން 20 އެޕްރީލް 2016 ދުވަހުގެ 13:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ފެށިގެން 13:00 އާ ދެމެދު އަންނަނިވި އެޑްރެހުގައި، އެކަން ހަމަޖެހިފައި ހުންނާނެއެވެ.

  އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ

  ގުލްސަނީމަގު

  އދ. މަންދޫ / ދިވެހިރާއްޖެ

  ޓެލެފޯނު ނަންބަރު: 6680062

  ފެކްސް ނަންބަރު: 6680850

  އީމެއިލް އެޑްރެސް: [email protected]

2- މި ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށް އެދޭ ފޯމު މެދުވެރިކޮށް އދ. މަންދޫކައުންސިލް އިދާރާއަށެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު އދ.މަންދޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.

3- ބިމުގައި އަމިއްލަ ޚަރަދުގައި ޓޫރިސްޓް ހޮޓަލެއް ޢިމާރާތްކޮށް، އަދި އެ ޓޫރިސްޓް ހޮޓެލް ޢިމާރާތްކުރުމަށްފަހު އެ ޓޫރިސްޓް ހޮޓެލް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހި ރައްޔިތުންނަށް ނުވަތަ ރާއްޖޭން ބޭރުގެ ޤައުމުތަކުގެ ރައްޔިތުންނަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. މިއިން ޕާޓްނަރޝިޕެއްގައި ނުވަތަ ކުންފުންޏެއްގައި ބިދޭސީ ފަރާތެއްގެ ހިއްސާ އޮތުމަކީ މައްސަލައެއް ނޫނެވެ. މާނައަކީ، ދިވެހި ރައްޔިތުން ހިއްސާވާ ނުވަތަ ބިދޭސީން ހިއްސާވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށްވެސް މި ބިޑްގައި ބައިވެރިވެވިދާނެއެވެ. ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/5000 (ފަސްހާސް) ރުފިޔާއަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާ ދެވޭނެ ފައިސާއެއްނޫނެވެ.

4- ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމާއެކު އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅާނީ، އެފޯމު މެދުވެރިކޮށް ގަންނަ ބިޑް ޑޮކިއުމަންޓްގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތް ނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ޑޮކިއުންމަންޓް ގަތުމަށާއި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ޕާޓްނަރޝިޕަކުން ކަމުގައިވާނަމަ، އެ ޕާޓްނަރޝިޕްގެ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ގަތުމަށް އެދި ހުށަހަޅަނީ، ވަކި ފަރުދަކު ކަމުގައިވާނަމަ، އޭނާގެ އައިޑެންޓިޓީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

5- ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި، 21 އެޕްރީލް 2016 ދުވަހުގެ 13:00 ގައި އދ.މަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލް އިދާރާއިން އިޢުލާންކުރާ އެހެންތަނެއްގައި ޕްރީ-ބިޑް ބައްދަލުވުމެއް އޮންނާނެއެވެ. ބިޑް ހުށަހަޅަންޖެހޭނީ، ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، 05 މޭ 2016 ދުވަހުގެ 13:00 ގެ ކުރިން، އދ. މަންދޫ ކައުންސިލްގެ އިދާރާއަށެވެ. ނުވަތަ އެކަންކުރުމަށް ކައުންސިލްގެ އިދާރާއިން ކަނޑައަޅައި، ދުރާލާ ޢާންމުކޮށް އަންގައި އެޑްރެހަކަށެވެ.

6- ބިޑް ހިމެނޭ ބަންދުކޮށްފައިވާ ސިޓީއުރަ ހުޅުވާނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ނުވަތަ އެފަރާތަކުން ފޮނުވާ މަންދޫބުންގެ ހާޒިރުގައި ބާއްވާ ބައްދަލުވުމުގައި 05 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި، އދ. މަންދޫ ކައުންސިލްގެ އިދާރާގައި ނުވަތަ ކައުންސިލުން އިޢުލާން ކުރެވޭ އެހެން ތަނެއްގައެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޖުމާދަލްއާޚިރާ 1437               

07 އޭޕްރިލް 2016
ހޯދާ