ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްކޫލްތަކުގެ މެދުގައި ބާއްވާ މަދަޙަ ކިއުމުގެ މުބާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މިއިދާރާއިން އިންތިޒާމު ކޮށްގެން ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވާ މަދަޙަ ކިޔުމުގެ މުބާރާތުގެ މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

- ސްޓޭޖް ސެޓަޕް ހެދުމާއި، ޑިޒައިން ކުރުން އަދި ސްޓޭޖާއި ހޯލުގެ ލައިޓިންގ ހެދުން.

- މުބާރާތް ނިމެންދެން މުބާރާތުގެ ސައުންޑްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

- މުބާރާތުގައި ހުށަހަޅާ މަދަޙަތަކުގެ ވީޑިއޯ މާސްޓަރ ރެކޯޑިންގ ހެދުން

- މުބާރާތުގައި ހުށަހަޅާ މަދަޙަތަކުގެ އޯޑިޔޯ މާސްޓަރ ރެކޯޑިންގ ހެދުން.

ތިރީގައި މިވަނީ މުބާރާތާބެހޭ މަޢުލޫމާތެވެ.

- މުބާރާތް ފެށޭ ތާރީޚު:    05 މޭ 2016

- މުބާރާތް ނިމޭ ތާރީޚު:    07 މޭ 2016

- މުބާރާތް އޮންނަ ތަން:  ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި.

- މިމަސައްކަތަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ނޯންނާނެއެވެ. ބޭނުންވާ މަޢުލޫމާތު މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ މަސީޙު (ފޯން ނަންބަރު 7959787 އޮފީސް ނަންބަރު 6865001) އާ ގުޅުއްވުމުން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.

މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ސްޓޭޖްގެ ސެޓަޕް އަދި ލައިޓިންގ ސިސްޓަމް ސެޓަޕްގެ ޑިޒައިން ހުށަހަޅަންވާނެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2016 ވަނަ ދުވަހުގެ 13:30 ގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައި މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ތިރީގައި މިވަނީއެވެ.

1- ބިޒްނަސް ޕްރޮފައިލް 

2- ކުންފުނި ނުވަތަ ތަނުގެ ރަޖިސްޓަރީގެ ކޮޕީ 

3- ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ

4- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ 

5- ލިބިފައިވާ ތަޖުރިބާގެ ލިއުން

6- މިއިދާރާގެ މުވައްޒަފަކާއި ތިމާގެ ކަމުގެ ގުޅުންހުރި ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުން

މާކްސް ދެވޭނެގޮތް:

  • އަގަށް:     % 75  ( އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ މާކްސް)
  • ތަޖުރިބާ:   % 10   ( ވޭތުވެދިޔަ 04 އަހަރު ކޮށްފައިވާ މިބާވަތުގެ 10 މަސައްކަތް ހުށަހަޅާ ފަރާތަށް 10 ޕޮއިންޓްދީ އެނިސްބަތުން ހުށަހަޅާ އެހެން ފަރާތްތަކަށް ޕޮއިންޓްދޭގޮތަށް)
  • ޕްރޮފައިލް:  % 15   ( ޕްރޮފައިލްގައި މަސައްކަތުގެ ތަޖުރިބާއާއި ހުނަރު، މިފަދަ މަސައްކަތެއްގެ ޤާބިލުކަންހުރި މިންވަރު ހިމަނަންވާނެއެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ