މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުގެ ސިޑިތަކުގައި ޗެންޗޭނު ޖެހުން

އިޢުލާން

ބަނދަރުގެ ސިޑިތަކުގައި ޗެންޗޭނު ޖެހުން

މިރަށުގައި ހަނދަމުންގެންދާ ބަނދަރުގެ ސިޑިތަކުގައި ޗެންޗޭނު އަމިއްލަ ތަކެތީގައި ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

މިމަސައްކަތާ ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 10 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580072 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ