އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ރޭޑިއޮލޮޖިސްޓް – މެޑިކަލް ޑިޕާޓްމަންޓް

ރޭޑިއޮލޮޖިސްޓް – މެޑިކަލް ޑިޕާޓްމަންޓް

މަޤާމުގެ ޚުލާޞާ: މިމަޤާމަކީ ރޭޑިއޮލޮޖިސްޓް ޚިދުމަތްދިނުމަށް ޚާއްޞަ މަޤާމެކެވެ.

މިމަޤާމަށް ހަމަޖެހިފައިވާ އުސޫލުން ފުލް-ޓައިމް އަދި ޕާޓް-ޓައިމްކޮށްވެސް މަސައްކަތަށް ނިކުމެވިދާނެއެވެ.

މަޤާމުގެ ޝަރުތު:

  1. މެޑިކަލް އޮފިސަރުގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 3 ނުވަތަ 4 އަހަރަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީ އާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.
  2. މެޑިކަލް އޮފިސަރެއްގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 2 އަހަރަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީ އާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓަރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން.

ވަޒީފާގެ ޒިންމާތައް:

  • އަލްޓްރާ ސައުންޑް ފަދަ ޑައިގްނޯސްޓިކް އިމޭޖިންގ ޕްރޮސީޖަރސްކުރުމާއި އެކަންކަމުން ލިބޭ ނަތީޖާތަކުގެ ރިޕޯޓް އެކުލަވާލައި ބެލެހެއްޓުން.
  • ޓެސްޓްތަކުގެ ނަތީޖާ ޑޮކްޓަރުންނަށް ނުވަތަ ބަލިމީހުނަށް ފޯރުކޮށްދީ ހިއްސާކުރުން.
  • ރޭޑިއޮލޮޖީގެ ޚިދުމަތް ދިނުން.
  • ތަނުގެ ވެރިންނާއި މަޝްވަރާކޮށް ރޭޑިއޮލޮޖީގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުން.
  • މަސައްކަތުގެ ކޮލިޓީ ހިފެހެއްޓުމާއި ކުރިއެރުވުން.
  • ދަށުގައިތިބޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.
  • ބަލިމީހުންނަށް ފަރުވާ ދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭ އިން ހައްދަވާފައިވާ ގައިޑްލައިންތަކާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލުކުރުން.
  • ވަޒީފާގެ ސިޔާސަތުތައް ހާސިލުކުރުމަށްކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައްކުރުން.

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި:  14 އެޕްރީލް 2016 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

މިމަޤާމަށް ޝައުޤުވެރިވާ މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތަކެތި ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) ނުވަތަ އީމެއިލުން ނަމަ [email protected] އަށް ފޮނުއްވައި ދެއްވުން އެދެމެވެ.

1. ވަޒީފާއަށް އެދޭ ފޯމު      2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ     3. ސީވީ

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރެއްވުމަށް: http://aasandha.mv/wp-content/uploads/2015/09/Job-Application

-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. ފުރިހަމަ ނުވާ ފޯމު އަދި ތަޢުލީމީ ސެޓުފިކެޓުތައް ބަލައިނުގަނަވޭނެއެވެ. އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކުންފުނީގެ ނަންބަރު: 1400 އަށް ގުޅުއްވުން އެދެމެވެ.

04 އޭޕްރިލް 2016
ހޯދާ