މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި އޮތޯރިޓީއަށް ޓެކްސް ދައްކަވާ ފަރާތްތަކަށާއި އަދި މި އޮތޯރިޓީއަށް ވަޑައިގަންނަވާ މެހެމާނުންނަށް އެރުވުމަށް ތިރީގައި މިދަންނަވާ ތަކެތި މި އޮތޯރިޓީން ދޭ ޑިޒައިނާ އެއްގޮތަށް ތައްޔާރުކުރަން ބޭނުންވެއެވެ.

  • މީރާ ގަލަން (ކުޑަ އަދި އާދައިގެ ސައިޒް)
  • މީރާ ޕެންޑްރައިވް
  • މީރާ މަގު
  • މީރާ ކީ ޗެއިން
  • ރެވެނިއު ސްޓޭމްޕް ޕްލާރކް
  • އެގްޒެކެޓިވް ކަލެކްޝަން ސެޓް
  • ކަރުދާސް ކޮތަޅު

 ވީމާ މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 12 އެޕްރީލް 2016 އަންގާރަ 15:00
 އަންދާސީހިސާބު ހުށަހެޅުން 17 އެޕްރީލް 2016 އާދީއްތަ 15:00

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ