ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ.1 

އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކް (3 މަސް)

މުސާރަ: -/3380ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސްގެ ގޮތުގައި -/1350ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެ.

* ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގެ މަތިން އަހަރީ ބޯނަސް ދެވޭނެ.

* އިތުރުގަޑީގައްޔާއި، އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެ.  

* ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެ.

މަޤާމުގެ މަސްއޫލިއްޔަތު:

* ފިހާރައިގެ އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން.

* ކޭޝް ކައުންޓަރުގެ މަސައްކަތް ކުރުމާއި، އަދި ބިލްތައް ހެދުން.

* ކަސްޓަމަރުންނަށް މުދާ ޑެލިވަރ ކުރުމުގައި އެހީތެރިވުމާއި، އަދި ޑެލިވަރ ކުރެވޭ މުދާތަކުގެ އަދަދު ޗެކްކޮށް ބެލެހެއްޓުން.

* ފިހާރައަށް އަންނަ ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއި، އަދި ކަސްޓަމަރުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

* މުދަލުގައި އަގު ޖެހުމާއި، އަދި ޑިސްޕްލޭކޮށްފައި ހުންނަ މުދާ ހަރުތަކުން މަދުނުކޮށް މުދަލުގެ ސްޓޮކް ބެލެހެއްޓުން.

 ތަޢުލީމާއި ތަޖުރިބާ:

* ޖީސީއީ އޯލެވެލްގެ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއަށްވުރެ މަތީފާހެއް އޮތުން.

* މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން.

* ދިވެހިބަހާއި އަދި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

* މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން

* ގިނަވަގުތު މަސައްކަތުގައި އުޅެވުމާއި، އަދި މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގައި އިސްކަންދެވޭނެއެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އެޕްރީލް 12 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ  އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު އެސްޓީއޯ ސ. ހުޅުމީދޫ ފިހާރައިންނާއި، އެސްޓިއޯގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި، އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.  

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވުމުގައި ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއާއި އަދި އިންޓަރވިއުއަށް ބަލާނެއެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272  ފެކްސް: 3344041 ވެބްސައިޓް: www.sto.mv

ނުވަތަ

އެސްޓީއޯ ސ. ހުޅުމީދޫ ފިހާރަ

ބަހާއުއްދީންމަގު، ސ. ހުޅުމީދޫ

ފޯން:3012693  

26 ޖުމާދަލްއާޚިރާ 1437

04 އޭޕްރިލް 2016
ހޯދާ