ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމުގެ ރޭންކް: އެމް. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ |
މަޤާމުގެ ގިންތި: ދާއިމީ |
މުސާރަ: މަހަކު -/7035 ރުފިޔާ |
ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ |
އެހެނިހެން ޢިނާޔަތްތައް: 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ބަންދު ދުވަހުގެ ފައިސާ. 5- ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ. |
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 1- އިދާރީގޮތުންނާއި ފައިސާއާ ބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން. 2- އިދާރާއަށް ލިބޭ އެންމެހައި ސިޓީތަކާއި މެސެޖްތަކަށް ދޭންޖެހޭ ޖަވާބު މުއްދަތަށް ދެވެމުންދޭތޯ ގަވާއިދުން ބަލަހައްޓަމުން ގެންދިއުން. 3- ލިބޭ ފައިސާއާއި ދޫކުރަމުންދާ ފައިސާގެ ހިސާބުތައް ބަލަހައްޓަމުންދާގޮތް ބަލައި، މާއްލިޔަތުގެ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެކަން ގެންދިއުމަށް ބާރުއެޅުން. 4- އަހަރީ ބަޖެޓް ތައްޔާރުކުރެވެމުންދާގޮތް ބަލައި، މުއްދަތަށް ފޮނުވުމަށް މަސައްކަތް ކުރުން. 5- ކައުންސިލް އިދާރާއާ ހަވާލުކުރެވޭ އެންމެހައި ބިންބިމާއި ފަޅާއި ފަރުފަދަ ތަންތަން އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުންތަކަށް ކުއްޔަށް ދޫކުރުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި، މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކްކުރުމާބެހޭ އެންމެހައި ކަންކަން ރާވައި ހިންގުން. 6- މީހުން ދިރިއުޅުމަށާއި އެނޫންވެސް އެކި ބޭނުންތަކަށް ގޯތި ދޫކުރުމާއި، ދޫކުރެވޭ ގޯތި ގޯއްޗާއި، ބިންބިމާއި، މިފަދަ ތަންތަނުގެ އިންވަކިކުރުމަށް މިންއަޅައިދިނުމާއި، މިފަދަ ތަންތަނުގެ ވަގުތީ ރަޖިސްޓަރީއާއި ދާއިމީ ރަޖިސްޓަރީ ހަދައިދިނުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން. 7- ރަށުގެ ލޭންޑް ޔޫސްޑް ޕްލޭން ތައްޔާރުކުރުމާއި، ރަށުގެ ޗާޓަށް އަންނަ ބަދަލުތައް އަޕްޑޭޓް ކުރުމާއި، ބިނާވެށި ޕްލޭން ތައްޔާރުކޮށް އެ ޕްލޭނަށް އަންނަ ބަދަލުތައް އަޕްޑޭޓް ކުރުމާއި، ރަށުގެ ބިމުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން. 8- އިދާރާގެ މުވައްޒަފުންނާއި މިސްކިތްތަކުގެ މުވައްޒަފުންގެ ވަޒީފާ ބަޔާންތައް ތައްޔާރުކުރުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން. 9- އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ރަށުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ކޮމިޓީތަކާއި، ކްލަބް ޖަމްޢިއްޔާތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. 10- ކަނޑުގައި ދުއްވާ އުޅަނދުތަކާއި، އެއްގަމުގައި ދުއްވާ އުޅަނދުތަކާބެހޭ ރެކޯޑް ބެލެހެއްޓުމާއި، އެފަދަ އުޅަނދުތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ދުއްވުމަށް ބާރުއެޅުން. 11- އެއްބުރިއަށްވުރެ އުސްކޮށް އިމާރާތްކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް އެ ހުއްދަ ދޫކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ހުއްދަ ދޫކުރެވޭ ތަންތަން އިމާރާތް ކުރެވެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބަލަހައްޓަމުން ގެންދިއުން. 12- ރަށުގައި ހިނގާ މުހިންމު ކަންތައްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 13- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
|
ފެންވަރު ނުވަތަ ޝަރުޠު: 1- އޮފީސް މެނޭޖްމެންޓް، ފައިނޭންސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިފަދަ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- އޮފީސް މެނޭޖްމެންޓް، ފައިނޭންސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިފަދަ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- އޮފީސް މެނޭޖްމެންޓް، ފައިނޭންސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މިފަދަ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 4- އޮފީސް މެނޭޖްމެންޓް، ފައިނޭންސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 5- އޮފީސް މެނޭޖްމެންޓް، ފައިނޭންސް މެނޭޖްމެންޓް، ބިޒިނަސް މެނޭޖްމެންޓް، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
|
ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންކަން: 1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު. 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ. 3- މަސައްކަތުގެ ހުނަރު (އިންޓަވިއުއާއި ޕްރެޒެންޓޭޝަން) |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ، 2016 އެޕްރީލް 18 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް، އީމެއިލާއި ފެކްސް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ، 6780031 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. |
|
ހުށަހަޅަންޖެހޭ ލިއުންތައް: 1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކިނބިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ވެސް ކުރެވޭނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކު ދޫކުރި ވަނަވަރު ފޯމާ އެއްގޮތަށް ފުރިހަމަކޮށްފައި) 3- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. 6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (1 މޭ 2015 ވަނަ ދުވަހުގެ ފަހުގެ ތާރީޚެއްގައި ހޯދާފައިވާ ލިޔުމެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) |
|
އިންޓަވިއުއާއި ޕްރެޒެންޓޭޝަން ހުށަހެޅުން: - މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި، އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އޮންނާނީ، 20 އެޕްރީލް 2016 އާއި ފެށިގެން 15 މޭ 2016 އާ ދެމެދު، ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި ޕްރެޒެންޓޭޝަން ހުށަހެޅުމަށާއި، އިންޓަވިއުއަށާއި، އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. - އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ކުރިމަތިލާ ފަރާތްތަކަށް މި އިދާރާއިން އަންގާނެއެވެ. - އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓް ލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކާ އެކަންޏެވެ. - އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ ލިއުންތަކުގެ އަޞްލު ގެންނަންވާނެއެވެ. |
|
ޝޯޓްލިސްޓްކުރުން: |
|
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ 6780031 ނަންބަރު ފޯނާ ގުޅުމުން، އެ މަޢުލޫމާތެއް ސާފުކޮށްދެވޭނެއެވެ. |
25 ޖުމާދަލްއާޚިރާ 1437