މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދެބޭހެއްގައި ކުނޑި ހުރުމުގެ ސަބަބުންނާއި އިންޖެކްޝަން ކަށި ކޮންޓެމިނޭޓްވެފައި ހުރުމުގެ ސަބަބުން މި ތަކެތި ރާއްޖެ އެތެރެކޮށް ވިއްކުން މަނާކުރުން

އިޢުލާން

ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބޭހުގެ ލިސްޓުގައި ހިމެނޭ ތިރީގައިވާ 02 ބޭހުގައި ކުނޑި (ޕްރިސިޕިޓޭޓް) ހުންނަކަމަށް ފާހަގަ ކުރެވިފައިވާތީ، އެބޭސް ތަކުގެ، ދެންނެވިފައިވާ ބެޗްތައް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާ ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

ބޭސް

Batch No

Manufacture

Dose

Strength

Generic Name

Brand Name

No

9060057

Ranbaxy,India

Injection

500mg

Cefazolin Sodium

Reflin

01

A4P026

Shri Krishnakeshav Laboratories,India

Injection

3g (3%)

Sodium Chloride

NS 

02

މެޑިކަލް ޑިވައިސް

މީގެ އިތުރުން ތިރީގައިވާ މެޑިކަލް ޑިވައިސް ވެސް ކޮންޓަމިނޭޓް ވެފައި ހުރިކަމަށް ޝައްކު ކުރެވިފައި ވެއެވެ. 

Batch No

Manufacture

Iteam

4262019

BD PrecisionGlide

Syringe Needle

ވީމާ، ދެންނެވިފައިވާ ބެޗްގެ ބޭހާއި މެޑިކަލް ޑިވައިސް (އިންޖެކްޝަންކަށި) ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

އަދި މި ބޭސްތައް ލިޔެދެއްވާ އަދި ބޭނުންކުރާ ހެލްތް ޕްރޮފެޝަނަލްސް މިކަމަށް ސަމާލުވެވަޑައިގަތުމަށް ދެންނެވީމެވެ.

25 ޖުމާދަލްއާޚިރާ 1437

03 އޭޕްރިލް 2016
ހޯދާ