މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ފަރުނީޗަރު ގަތުމަށް ބޭނުންވެއްޖެ

ބ.ގޮއިދޫ ސްކޫލަށް ތިރީގައި މިދަންނަވާ ފަރުނީޗަރު ގަތުމަށް ކުރެވުނު ނަންބަރު (IUL)22-PU/1/2016/63 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

60 ޕްލާސްޓިކު ގޮނޑި (އަތްގަނޑުނުލާ)

02 ޕްލާސްޓިކު ގޮނޑި (އަތްގަނޑުލީ)

60 ސެކަންޑަރީ ޑެސްކު (ޕްރައިމަރީ)

02 ޓީޗަރސް ޓޭބަލް

02 ވައިޓްބޯޑު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އެޕްރީލް 07 ވަނަ ދުވަހުގެ 11:00 އަށް

2016 އެޕްރީލް 11 ވަނަ ދުވަހުގެ 11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403 ނަންބަރު ފޯނާއެވެ.

04 އޭޕްރިލް 2016
ހޯދާ