މަގާމު
|
އެސިސްޓެންޓް ކައުންސެލަރ
|
ބޭނުންވާ އަދަދު
|
01
|
މަގާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 (ޖީ. އެސް 4)
|
ރޭންކް: GS4
|
މުސާރަ
|
މަހަކު -/5020 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލަވަންސް
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209 ގައިވާ ގޮތުގެ މަތީން
|
ސްޕެޝަލް ޑިއުޓީ އެލަވެންސް
|
އަސާސީ މުސާރައިގެ %35
|
ޑިޕާރޓްމަންޓް
|
ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ / ކ.ހިންމަފުށި
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކްލައިންޓުންގެ އެސެސްމަންޓް ހެދުން.
- އިންޑިވިޖުއަލް އަދި ފެމެލީ ކައުންސެލިން ދިނުން.
- ކްލައިންޓު ސެންޓަރުގައި އެޑްމިޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކްލައިންޓާއި ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުނ.ް
- ކްލައިންޓުގެ ޕްރޮގްރެސް މޮނިޓަރކޮށް އަންގަންޖެހޭ ފަރާތްތަކަށް އެންގުން.
- ގްރޫޕް މީޓިންގތައް ބޭއްވުން.
- ކްލައިންޓާއި އާއިލާއާ ގުޅުވައިދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ޕްރޮގްރާމް ކޯޑިނޭޓަރ އަދި ޕިއަރ އެޑިއުކޭޓަރުންނަށް ޕްރޮގްރާމް ހިންގުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން، ސެންޓަރުގެ ސިއްހީ ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
|
މަގާމުގެ ޝަރުޠު
|
- ކައުންސެލިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓް، ސެޓުފިކެޓް ނުލިބޭނަމަ ސެޓުފިކެޓު އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު ލިޔުން)
- އެސިސްޓެންޓް ކައުންސެލަރުގެ މަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ހެލްތު މިނިސްޓްރީގެ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ "ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަން" އިން ސަރޓިފައިކުރެވިފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. މި ލިޔުން ހުށަނާޅުއްވާ ފަރާތްތަކުން އެސިސްޓެންޓް ކައުންސެލަރުގެ މަޤާމަށް ޝަރުޠު ފުރިހަމަނުވާނެއެވެ.
- ސިވިލް ސަރވިސްގެ ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް ވެސް (އެކްރެޓިޑްކޮށްފައި ނުވި ނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބޭނުންކުރާނެ ވާހަކަ ދަންނަވަމެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚްތައް އެގެން އޮންނަންވާނެއެވެ.
|
ސުންގަޑި
|
2016 އޭޕްރީލް 12 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ހުށަހަޅަން ވާނެއެވެ.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.
ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061 އެވެ. ވަޒީފާއަށް އެދޭ ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި އެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އަދި ސިވިލް ސަރވިސް ވެބްސައިޓުގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
|